ޕީޕަލް މެގަޒިންއިން ހޮވާ އަހަރުގެ "ސެކްސިއަސްޓް މޭން އަލައިވް"ގެ ޝަރަފު، އެމީ، ގްރެމީ، އޮސްކާ އަދި ޓޯނީ އެވޯޑްތައް ހާސިލުކޮށްފައިވާ ކުޅަދާނަ މިއުޒީޝަން ޖޯން ލެޖެންޑް ހާސިލުކޮށްފިއެވެ.

"ސެކްސިއަސްޓް މޭން އަލައިވް 2019" ޓައިޓްލްގެ ހައްގުވެރިއަކީ ޖޯން ލެޖެންޑްކަން އިއުލާން ކުރީ މިހާރު ކުރިއަށްދާ "ދަ ވޮއިސް" ޝޯގެ ތެރެއިން، ބްލޭކް ޝެލްޓަންއެވެ. 2017 ވަނަ އަހަރު މި ޓައިޓްލް ހޯދި ބްލޭކް ޝެލްޓަންއާއި ޖޯން ލެޖެންޑަކީވެސްމި ޝޯގެ ޖަޖުންނެވެ.

މަޝްހޫރު މިއުޒީޝަން ޖޯން ލެޖެންޑް/ފޮޓޯ: ޑަބްލިއުޑީޓީއެން

ޑެބިއު އަލްބަމް "ގެޓް ލިފްޓަޑް"އާއިއެކު ފަތުއަޑުކިޔާފައި އުދަރެހުގެ އެންމެ އުހަށް އަރާ ފިޔަޖަހަންފެށި، އުމުރުން 40 އަހަރުގެ ޖޯން ލެޖަންޑް ބުނީ އެ ޓައިޓްލް ބަލައިގަތުމަށް ހިސާބަކަށް ޖެހިލުންވި ކަމަށެވެ.

އެންމެންވެސް އޭނާ އަޅާ ކިޔަނީ އިޑްރީސް އެލްބާއާއި ކަމަށާ، އެއީ އޭނާ ކުރާހިތްވާ ކަމެއް ނޫންކަމަށްވެސް ޖޯން ލެޖެންޑްވަނީ ބުނެފައެވެ.

ޖޯން ލެޖެންޑް ބުނި ގޮތުގައި އޭނާގެ ކިބަގައި މިއަދު ހުރި ޝަހްސިއްޔަތު ހޯދުމަށްޓަކައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން މީހަކީ އޭނާގެ ބައްޕައެވެ.