ތުރުކީވިލާތުގެ މަޝްހޫރު ޓީވީ ތަރި ޖާން ޔަމާން، "ހުސްކޮށް" ހުންނަތާ ދުވަސްތަކެއް ވުމަށްފަހު، އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ކިބާގައި ހުރުމަށް އެދޭ 5 ސިފައެއް ހާމަކޮށްފިއެވެ.

ދާދިފަހުން 30 އަހަރު ފުރުނު އުފަން ދުވަސް ފާހަގަކުރި ޖާން ޔަމާން އިޓަލީވިލާތަށް ކުރި ދަތުރެއްގައި އެގައުމުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ، އޭނާގެ އަނބިމީހާގެ ކިބާގައި ހުރުމަށް އެދޭ 5 ސިފައެއް ފާހަގަކޮށްފައެވެ.

ރިޕޯޓަރުންނާ ޖާން ޔަމާންގެ ފޭނުން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް އާދައިގެ 5 ސިފައެވެ.

ޖާން ޔަމާން ބުނި ގޮތުގައި އޭނާގެ ހަޔާތުގެ ބައިވެރިޔާއަކީ އަނެކުންނާ އަޅާ، އޯގާތެރި މީހަކަށްވާން ވާނެއެވެ. އަދި އެމީހަކާ ސަކަ މިޒާޖެއްގެ މީހަކަށްވާންޖެހޭނެ ކަމަށާ، އެއީ އެހެން މީހުންނާ ރަހުމަތްތެރިކަން ބާއްވަން ދަންނަ މީހަކަށް ވާންވާނެކަމަށްވެސް ޖާން ޔަމާން ވަނީ ބުނެފައެވެ. އަދި އޭނާ ވާހަކަ ދައްކާ އުޅޭ ގޮތަށްވެސް ވަރަށް ބޮޑަށް ބާލަނަން ކަމަށް ޖާން ޔަމާން ވަނީ ބުނެފައެވެ. އެގޮތުން އެ އަންހެނަކާއެކުގައި އުޅޭ ފިރިހެން މިހާއަށް އަދަށް ވަރު ރަނގަޅު މުސްތަގުބަލެއް ލިބޭފަދަ މީހަކަށްވެސް އެމީހަކު ވާންޖެހޭކަމަށް ޖާން ޔަމާން ވަނީ ބުނެފައެވެ.

މިމޭރުމުން ވާހަކަދައްކަމުން ޖާން ޔަމާން ވަނީ އެމީހަކާ ލޯބީގެ ގޮތުން ގުޅޭ މީހެއްގެ ކިބާގައި ހުރެގެން ނުވާނެ ސިފަތަކެއްވެސް ކިޔައިދީފައެވެ. އަޑުގަދަކޮށް ޒުވާބުކޮށް ޖަދަލުކޮށްގެން ނުވާނެ ކަމަށާ، ކުށްލި އަކަށް ފިލައިގެން ގޮސްގެން ނުވާނެ ކަމަށާ، މޫނުމަތިން އުޖާލާކަން ގެއްލިފައިވާ މީހަކަށްވެސް އެމީހަކު ވެގެން ނުވާނެ ކަމަށް ޖާން ޔަމާން ވަނީ ބުނެފައެވެ. އަދި އެމީހަކީ "ޖާން ޔަމާން" ބަދަލު ކުރަން މަސައްކަތް ކުރާ މީހަކަށްވެސް ވެގެން ނުވާނެ ކަމަށް އޭނާ ވަނީ ޝަރުތުކޮށްފައެވެ.

ޓީވީތަރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ 5 އަހަރުވެފައިވާ ޖާން ޔަމާންއަކީ އަމިއްލަ ލޯ ފާމެއްވެސް ހިންގަމުންދާ ޒުވާން ގާނޫނީ ވަކީލެކެވެ. މީގެ އިތުރުން ފިޓްނަސްގެ ރޮނގުންވެސް އޭނާ ދަނީ ގިނަ ބަޔަކު އާޝޯހް ކުރުވަމުންނެވެ.