ކ. ތިލަފުށީގައި އެއާ ބެލޫނެއް ފަޅައިގެން ގޮސް ދެމީހަކަށް އަނީޔާވެއްޖެއެވެ.

ފުލުހުން ބުނީ، ތިލަފުށީގައި އެއާ ބެލޫނެއް ފަޅައިގެން ގޮސް ދެމީހަކަށް އަނިޔާވެފައިވާ ކަމަށް މިއަދު ހަވީރު 5:21 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ ބޮޑެތި ބޯޓުފަހަރު އެހެލާ ބާލަން ބޭނުންކުރާ އެއާ ބެލޫނެއް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް 2 މީހަކަށް ކަމަށާއި މިހާރު އެ ދެމީހުން މެރިން ޕޮލިސްގެ އެހީތެރިކަމާއެކު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މިހާދިސާއާ ގުލޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.

ތިލަފުއްޓަކީ ބޮޑެތި ބޯޓު ފަހަރު އެހެލުމާއި ބޯޓު ފަހަރުގެ އެކި ކަހަލަ މަސައްކަތްތައް ކުރާ ޑޮކްޔާޑްތައް ހުންނަ ރަށެކެވެ. ތިލަފުށީގައި މީގެ ކުރިންވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ.