ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިންނާއި މޯބައިލް ބޭންކިންގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ދަތިތައް ކުރިމަތިވަމުން ދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ޑީޑޮސް ގެ ސަބަބުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ވެބްސައިޓަށް ވަނުމުގައި ދަތިތަކެއް ކުރިމަތިވަމުން ދާނޭ ކަމަށެވެ. މި ހިދުމަތްތަކުގެ ތެރޭގައި ބޭންކުގެ ވެބްސައިޓާއި ޑޮލަރު ޕޯޓަލް އާއި މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިން ހިމެނެއެވެ.

މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ބީއެމްއެލުން ކުރަމުން އަންނަ އިރު މި ހިދުމަތްތައް ހޯދުމުގައި ދިމާވެދާނެ ދަތިތަކަށް ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.

ޑީޑޮސް އަކީ ގިނަ އަދަދެއްގެ ޑިވައިސްތައް ބޭނުންކޮށްގެން ނެޓްވޯކް ފްލަޑް ކުރުމަށް ދޭ އެޓޭކެކެވެ. މި އެޓޭކުގެ ސަބަބުން، ހިދުމަތް ހޯދާ ފަރާތްތަކަށާއި ހިދުމަތް ދޭ ފަރާތްތަކަށް ދަތިތައް ކުރިމަތިވާނެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކާއި އޭޓީއެމް އަދި އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުކެނޑުނެވެ.