ޕީޕީއެމުން އިންތިޒާމް ކޮށްގެން އެ ޕާޓީގެ އޮފީސް ދޮތުމަތީގައި ބާއްވާ "ބަޑިފުރާސްފަތި" އިހުތިޖާޖުން 8 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި، ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް، ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީދް އިބްރާހިމް، ޕީއެންސީގެ ކައުންސިލް މެންބަރު ހުސެއިން ޝިފާޒް، ޑީއާރްޕީގެ ރަޖިސްޓްރާ އަދި ކުރީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)، ޕީޕީއެމްގެ ރ. މަޑުއްވަރީ ދާއިރާގެ ޗޭއާ އިސްމާއިލް ސޯލިހް، ޕީޕީއެމްގެ އިބްރާހިމް ހުސެއިން އަދި ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީބް އިބްރާހިމާއި ސަންގުޓީވީގެ ނޫސްވެރިޔާ އިބްރާހިމް ސައީދު ހިމެނެއެވެ.

ފުލުހުން ވަނީ އެއްވުމަށް ޕީޕީއެމް އޮފީހުން ތައްޔާރު ކޮށްފައިވާ ސައުނޑް ސިސްޓަމް ނިއްވާލުމަށް ޕީޕީއެމް އޮފީހަށް ވަމުނަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، ޕީޕީއެން އޮފީގައި ތިއްބެވި އިސްވެރިން ވަނީ ކޯޓު އަމުރެއް ނެތި އޮފީހަށް ނުވަނދެވޭނެ ކަމަށް ބުނެ، ފުލުުހުން އޮފީހަށް ވަނަ ނުދީ ހިފަހައްޓާފައެވެ.

ޕީޕީއެމުން އިންތިޒާމް ކޮށްގެން އެ ޕާޓީގެ އޮފީސް ދޮތުމަތީގައި ބާއްވާ

ޕީޕީއެމުން ބުނީ، އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ނިމާލަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށާއި، އޭނާއަށް ފަރުވާވެސް ދޭން ޖެހުނު ކަމަށެވެ. އަދި، އެއްވުމުގެ ބައިވެރިން ދުރަށް ޖެއްސުމުގައި ފުލުހުން ހައްރަކާތްތެރިވިއިރު، އޭގެ ތެރޭގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ކަމަށް އެ ޕާޓީން ބުނެއެވެ. އެ ޕާޓީން ވަނީ އެއްވުމުގެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރިޔަ ނުދިނުމަށް ފުލުހުން މޯބައިލް ސިގްނަލް ޖޭމް ކޮށްފައި ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ޕީޕީއެމުން ބަޑިބުރާސްފަތީގެ ނަމުގައި އިހުތިޖާޖު ކުރަނީ، ނޮވެމްބަރު 3 ފާހަގަ ކުރުމުގެ ގޮތުން ކަމަށް ބުނެއެވެ. ނަމަވެސް ފުލުހުން ވަނީ، ހުއްދަ ނުނަގާ އެއްވުން މަނާ ތަންތަނަށް އެއްވާނަމަ އެ އެއްވުމެއް ރޫޅާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މިރޭ ޕީޕީއެމުން ބާއްވާ މި އިހުތިޖާޖުގައި ޑީއާރުޕީންވެސް ބައިވެރިވެއެވެ.