15 އަހަރުން ދަށުގެ ކުއްޖަކާ ބެހިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މެދުރާއްޖެ ތެރޭ ރަށެއްގެ 15 އަހަރުން ދަށުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލައެއް އިއްޔެ 11:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ، މި މީހާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާ ގުޅޭ ޖުމުލަ 125 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރޭގައި، ޖިސްމާނީ ހާނީއްކައިގެ 27 މައްސަލައަކާއި ޖިންސީ ހާނީއްކައިގެ 24 މައްސަލައާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލައެއް ހިމެނެއެވެ.
މިހާރަކަށް އައިސް، ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާއި، ޖިންސީ ފުރައްސާރަ ކުރުން މިިވަނީ އިންތިހާއަށް އިތުރުވެފައެވެ.