އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ޣައްސާން މިރޭ ފުލުސް އޮފީހަށް ހާޒިރު ކޮށްފައި ވަނީ 9:30 ހާއިރު ކަމަށާއި އޭނާ ފުލުހަށް ހާޒިރު ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދިވެސް ޣައްސާން ފުލުސް އޮފީހުގައި ހުންނެވި އިރު މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގައި އެކި ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ އިސްފަރާތްތައް ޝާމިލުވާ ކަމަށް ފުލުހުން މައުލޫމާތު ދީފާއިވާއިރު، ޣައްސާން ފުލުސް އޮފީހަށް ހާޒިރުވުމަށް އެދި މީގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ ޗިޓެއް ފޮނުވާފައެވެ.
އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓުގައި އެ ކުންފުނީގެ ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި ޣައްސާންގެ ނަން ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރުން މި މައްސަލައާ ގުޅިގެން 18 ވަނަ މަޖިލީހުގެ 44 މެންބަރުނާއި 19 ވަނަ މަޖިލީހުގެ 16 މެންބަރުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަދި ރައްޔިތުން މަޖިލީހުގެ ކޮމެޓީގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި މީހުންގެ ތެރޭގައި މިސަރުކާރުގެ ބައެއް ވަޒީރުން ހިމެނޭ ކަމަށާއި އޭގެތެރޭގައި ފިޝަރީޒް މިނިސްތަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ހިމެނޭ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.
ލާދީނީފޯކަސް ގެއްލުވަން