އަންނަ އަހަރުގެ މަސައްކަތުގެ ތާވަލު ހުށަހެޅީ 1 ސިޓީ ކައުންސިލާއި 11 އަތޮޅު ކައުންސިލަކުންނެވެ.

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޯ) އިން ބުނީ، ގާނޫނުގައި ބަޔާން ކޮށްފައި ވާ ގޮތަށް 2020 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލް ތައްޔާރުކޮށް، 2919 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާއި ފައި ވަނީ 1 ސިޓީ ކައުންސިލާއި 11 އަތޮޅު ކައުންސިލަކުން ކަމަށެވެ.

2019 ޖުލައި 31 ގެ ނިޔަލަށް 97 ރަށު ކައުންސިލަކުން، 2010 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލް ދެނެވުނު ތާރީހުގައި ހުށަހަޅާފައި ވަނީ، ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. އަތޮޅު ކައުންސިލްތަކުގެ ތެރެއިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާއި، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިތުރުން ފާދިއްޕޮޅު އަތޮޅު ކައުންސިލާއި، މާލެއަތޮޅު އަތޮޅު ކައުންސިލާއި، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލެވެ. އަދި ފެލިދެ އަތޮޅު އަތޮޅު ކައުންސިލާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ހައްދުންމަތީ އަތޮޅު ކައުންސިލާއި، ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް ހިމެނެއެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒޫ އުސޫލުން ހިންގުމުގެ ގާނޫނުގެ (ށ) ގައި ވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރަށްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލު ރަށު ކައުންސިލުތަކުން އަތޮޅު ކައުންސިލު ތަކަށް ހުށަހަޅަން ޖެހޭނެއެވެ.

އަދި ހަމަ މި ގާނޫނުގެ (ނ) ގައި ވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ ނިޔަލަށް އަތޮޅު ކައުންސިލުގެ ތަރަށްގީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލު އަތޮޅު ކައުންސިލް ތަކުންނާއި ސިޓީ ކައުންސިލް ތަކުން ލޯކަލް ގަވާމެނަޓް އޮތޯރިޓީ އަށް ހުށަހެޅުމަކީ ކައުންސިލް ތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.