ސުލްހައިގެ މަޝްވަރާތަކަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އަފްޣާނިސްތާނުގެ ހާރިޖިއްޔާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު ސޮލާހުއްދީން ރައްބާނީ، އެ މަގާމުން ކުށްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީއަށް ފޮނުއްވި އިސްތިއުފާގެ ސިޓީފުޅުގައި ސޮލާހުއްދީން ވިދާޅުވީ، މުހިންމު މުއްސަސާތަކެއް އެއްފަރާތްކޮށް، ހަވާސީ ކުރެވިފައިވާތީ ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ގުޅިފައިވާ ސަރުކާރުގެ މަސައްކަތްތައް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރިއަށްދިޔައި ރަނގަޅަށް ނޫންކަމަށާ، ދައުލަތް ހިންގުމުގެ ނިޒާމުގެ މުހިންމު ތަނބުތަކެއް އެއްފަރާތް ކުރެވިފައިވާކަމަށް ސޮލާހުއްދީން ވިދާޅުވިއެވެ.

އަފްޣާނިސްތާނުން ބަލިކޮށްފައިވާ ތޯލިބާނު ޖަމާއަތާ އަފްޣާނިސްތާނުގެ މައި ސަރުކާރާ ދެމެދު އަދިވެސް ފުރިހަމަ ސުލްހައެއް ގާއިމުކުރެވިފައި ނުވާއިރު، މިމަސައްކަތުގައި އެމެރިކާއާއި ރަޝިޔާއިންވެސް ދަނީ ބައިވެރިވަމުންނެވެ. އެމެރިކާ އިސްވެ އޮވެ، ތޯލިބާނުން ސުލްހަ ކުރުމަށް ކުރި މަސައްކަތްތައް ކޮޅެއްގައި ޖެހިފައި ނުވާއިރު، އަފްޣާނިސްތާނު ސަރުކާރުގެ ވަގުތީ ހާރިޖީ ވަޒީރު، އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ މި ދަނޑިވަޅަކީ، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ސުލްހައިގެ މަޝްވަރާތަކަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެކެވެ.