ރާއްޖެއަށް ފިޔާ ހިފައިގެން އައި ބޯޓެއް އަޑިއަށް ހިނގައްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު އަޑިއަށް ދިޔައީ ރާއްޖެއާ އިންޑިއާއާ ދެމެދުގެ ސަރަހައްދަކަށެވެ.

ބޯޓު އަޑިއަށް ދިޔަ ސަބަބަކާ އަޑިއަށް ދިޔަ ދުރުމިން އަދި ބޯޓުގައި ތިބި މީހުންނަށް ވީ ގޮތެއް ސާފެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ލިބިފައި ނުވާ އިރު މި ބޯޓުގައި ގެނައީ އެސްޓީއޯއިން ރާއްޖެ ގެންނަ ފިޔައެވެ.

މިހާދިސާއާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެން އަމްރު ކުރެއްވި ކުރެއްވި ޓްވީޓެއްގައި އޮތީ އެ ބޯޓުން ގެނައީ އެސްޓީއޯގެ ފިޔާކަމަށް ވިދާޅުވެފައެވެ.

މި ބޯޓުގައި އެސްޓީއޯގެ 1500 ބަސްތާ ފިޔާ ހުރިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފިޔާބޯޓު އަޑިއަށް މިދިޔަ ދަނޑިވަޅަކީ، އިންޑިއާގެ ފިޔާ ބާޒާރުގައި ފިޔާގެ ތާށިކަން ބޮޑުވެ، ރާއްޖޭގެ ބާޒާރުގައިވެސް ފިޔާގެ އަގު އިންތިހާއަށް އުފުލިފައި އޮތުމަށް ފަހު، ލުޔެއް ލިބުނު ވަގުތެވެ.