މަނީލޯންޑަރިން މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ އިންޑިއާގެ ވިޔަފާރި ވެރިއެއްގެ ޔޮޓެއް ރާއްޖޭގައި އެބަ އޮތް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފިއެވެ. އަދި ރާއްޖޭގައި އޮތް ޔޮޓު އިންޑިއާއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އިންޑިއާ ނޫސްތަކުން ބުނީ، ރިއަލް އެސްޓޭޓް ކުންފުންޏެއް ކަަމަށްވާ އެޗްޑީއައިއެލްގެ ވެރިޔާ، "ސަރަންގް ވާދަަވަން" ހައްޔަރުކޮށްފައި ވަނީ މަނީލޯންޑަރީގެ މައްސަލައެއްގައި ކަމަށާ އޭނާގެ ބައެއް މުދާ ފުުލުހުން ހިފަހައްޓަމުން ދާކަމަށެވެ. ހިފެެހެއްޓި ތަކެތީގެ ތެރޭގައި މަތިންދާބޯޓަކާއި އަގުބޮޑު ގަހަނާ ހިމެނޭ ކަމަށްވެސް އެ ނޫހުން ބުނެއެވެ.

އަތުލައިގަތް ގަހަނާގެ އަގު 8.4 މިލިއަން ޑޮލަރަށް އަރާއިރު މަތިންދާބޯޓަކީ ނުވަ މީހުންގެ ޖާގައިގެ ބޮމްބާޑިއާ ޗެލެންޖާ-300 އެއް ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އިންޑިއާގެ އޮޮފިޝަލުންނަށް އޭނާގެ ޔޮޓެއް ރާއްޖޭގައި ގެންގުޅޭކަން އެނގިފައިވާ ކަމަށާއި އެ ޔޮޓް ހޯދުމުގެ މަސައްކަތް އިންޑިއާގެ އޮޮފިޝަލުން ފަށާފައި ވިއަސް އެއާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭ ފުލުހުން މި މައްސަލަ ބެލުމުގައި ބައިވެރިވާކަމެއް ނުވަތަ ނުވާކަމެއް ނޭނގެއެވެ.

މުމްބާއީ ފުލުހުންގެ އިިކޮނޮމިކް އޮފެންސަސް ވިންގުން މަނީ ލޯންޑަރިން މައްސަލަ ބަލަމުން އަންނައިރު މި މައްްސަލައިގައި އެ ކުންފުނީގެ ފަސްް ތަނެއް ވަނީ ފާސްކޮށްފަ އެވެ.