އައްޑޫ ސިޓީ ހުޅޫދޫގައި ތަޅާ އަނިޔާކޮށް އެއްލާލާފައި އޮތް މީހާގެ މައްސަލައިގައި 4 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުދޫގެ ފްލެޓް ސަރަހައްދުގައި ޒަހަމްތަކަކާއެކު ވެއްޓިފައި މީހަކު އޮތް ކަމުގެ މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ އުމުރުން 24 އަހަރުގެ ފިިރިހެނަކާއި، 23 އަހަރުގެ ފިިރިހެނަކާއި، 22 އަހަރުގެ ފިިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ހަތަރު ފިރިހެނުންނަކީ ވެސް ދިވެހިންކަމަށާއި އެމީހުންނަކީ ސ. މީދޫ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިއްޔެ ހުޅުދޫ ފްލެޓް ސަރަހައްދުގައި ޒަހަމްތަކަކާއެކީ އޮއްވާ ފެނުނު މީހާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ ފަޅާލާފައިވާ ކަމަށާއި އެމީހާގެ ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. ރޭ ފުލުހުންނަށް މި މައުލޫމާތު ލިބި އެމީހާ ވަނީ ހުޅުދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ. އަނިޔާ ލިބިފައިވާ މީހާއަކީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ ހަތަރު މީހުންނަނީ ސ. މީދޫ މިހުންނަށް ވީ އިރު އަނިޔާ ލިބިފައިވާ 35 އަހަރުގެ ފިރިހެނަކީ ސ. ފޭދޫ މީހެކެވެ.

މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުވެސް އައްޑޫސިޓީ މަރަދޫ ފުއްތަރު ަފރާތުންވެސް އަނިޔާކޮށް އެއްލާލާފައި އޮތް ފިރިހެނަކު ވެސް ވަނީ ފެނިފައެވެ.