ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ 2022 ވަނަ އަހަރު އަންނައިރު އިންޑިއާއަކީ ފަތުރުވެރިކަމުގެ ވަރުގަދަ މަންޒިލަކަށް ވެގެން ދިއުމުގެ ފުރުސަތު އެބައޮތްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ޓްރެވެލް އެންޑް ޓުއަރިޒަމް ކޮމްޕެޓެޓިވް އިންޑެކްސްގައި 65 ވަނަ ދަރަޖައިން 34 ވަނަ ދަރަޖައަށް އިންޑިއާ ކުރިއަށް ޖެހިލާފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، މިކަމަކީ ފަތުރުވެރިކަމުގެ ރޮނގުން އިންޑިއާއިން އެދެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަން، ދާއިރާގެ ގަދަރުވެރިން ބަލައިގަނެފައި އޮތް އޮތުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ކޮންމެ މަހަކު އެއްފަހަރު ދެއްވާ ގައުމީ ހިތޯބު "މާން ކީ ބާތު"ގެ ތަގުރީރު ކުރިއަށް ގެންދަވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ 2022 ވަނަ އަހަރު އަންނައިރު އެންމެ މަދުވެގެން އިންޑިއާގެ 15 މަންޒިލަކަށް ދަތުރުކުރުމަށް އެގައުމުގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. މިދިޔަ މަހުވެސް މޯދީ ވަނީ މިކަމަށް ގޮވާލައްވާފައެވެ.

ކަންމިހެން އޮތް ނަމަވެސް ދުނިޔޭގެ ނިސްބަތުން ފަގީރުން އެންމެ ގިނަ އެއް ގައުމެވެ. އެހެންކަމުން ގައުމު ތެރޭގައި އެއްތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅެވެނީވެސް ނިސްބަތުން މަދު ބަޔަކަށެވެ.