ޖައްމުއާއި ކަޝްމީރުގެ މައްސަލަ އެގައުމުގެ ކޮޅަށް ނިންމުމަށް ވަރުގަދަ ޕްރޮޕަގަންޑާއެއް ހިންގަމުންދާ ޕާކިސްތާނުން، އެމެރިކާގެ ނިއު ޔޯކް ސިޓީގެ މަޝްހޫރު ޓައިމްސް ސްކޮއާއިން ބިލްބޯޑް ގަނެގެން އެކަން އިސްތިހާރު ކުރަން ފަށައިފިއެވެ.

ޕާކިސްތާނުން މި ބިލްބޯޑު ބޭނުންކުރަމުން ދަނީ ކަޝްމީރުގެ މައްސަލައަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށެވެ. އަދި މިކަމަށް ޕާކިސްތާނުން އެތައް މިލިއަން ޑޮލަރެއް ހަރަދުކުރަމުންދާކަމަށް އިންޑިއާގެ މީޑިއާއިން ތުހުމަތުކުރެއެވެ. ކަންމިހެން އޮތްއިރު ޕާކިސްތާނުގެ ސަރުކާރުންވެސް ވަނީ ޓައިމްސް ސްކޮއާގެ ބިލްބޯޑެއް ކަޝްމީރުގެ މައްސަލައިގެ ޕްރޮޕަގަންޑާގައި ބޭނުންކުރަމުން އަންނަކަން ކަށަވަރުކޮށްދީފައެވެ.

ޓައިމްސް ސްކޮއާގައި އިސްތިހާރު ކުރުމުގެ އަގު އުޅެނީ 1 ޑޮލަރުން ފެށިގެން 4 މިލިއަން ޑޮލަރާ ދެމެދު އަގުތަކެއްގައެވެ.

ޕާކިސްތާނުންވަނީ ކަޝްމީރުގެ މައްސަލަ ބައިނަލްއަގުވާމީ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ.