އަލިފާން ރޯވި ސަރަހައްދުގައި ހުރި އިމާރާތްތަކުން ދުން އަރަމުންދަނީ އަދިވެސް ހޫނުކަން ހުރުމުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، މިދިޔަ ހުކުރު ދުވަހު ހެންވޭރު އަބަަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އަދިވެސް އެ ސަރަހައްދު ފަޔާ އެނޑް ރެސްކިއު ޓީމުން ބަލަހައްޓަމުން ގެންދާ ކަމަށެވެ. މި ވަގުތުވެސް އެ އިމާރާތްތަކުގައި ހޫނުކަން އެބަހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި އިމާރާތްތަކުން ދުން އަރަމުން ދަނީ އަލިފާނުގެ ސަބަބުން ހޫނުކަން އަދިވެސް އިމާރާތުގައި ހުރުމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 4 ގުދަނެއްގައި އަލިފާން ރޯވެފައިވާ އިރު 6 ގެއެއްގައިވެސް ވަނީ އަލިފާން ރޯވެފައެވެ. 80 އަށް ވުރެ ގިނަ އާއިލާ ހާލުގައި ޖެހިފައިވާއިރު އެ އާއިލާތަަކށް ވަގުތީ ބޯހިޔާ ވެހިކަމާއި އެންމއެންޑީއެފާއި، ފުލުހުންނާއި، ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓާމެނޭޖްމަންޓް އަދި އާންމުންގެ ފަރާތުން އެތައް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.
އިމާރާތުގެ އަލިފާނގަނޑު ކޮންޓްރޯލް ކުރެވުނީ ހަތަރު ގަޑިއިރަށް ވުރެ ގިން ވަގުތުގެ ބުރަ މަސައްކަތުންނެވެ. މި ހާދިސާގައި 46 އަހަރުގެ އައިޝަތު ޝައުނާ ވަނީ ނިޔާވެފައެވެ. ޝައުނާ ނިޔާވީ އަލިފާނުގެ ހާދިސާ ހިނގި ގެއެއްގައި ތާށިވެ ނުނިކުމެ ވުމުގެ ސަބަބުންނެވެ.
މި ހާދިސާގައި ހިނގި އިމާރާތެއްގައި ރޭގެ 11:30 ހާއިރު އަލިފާނުގެ އަސަރު ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެެރިވެފައި ވެއެވެ. ފުލުހުން ބުނީ ރޭގެ އަލިފާން ރޯވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ މަތީގައި އަނެއްކާ ވެސް އަލިފާން ހިފައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާ ކަމަށާއި އަދި އެމްއެންޑީއެފުން ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އިމާރާތުގައި އަލިފާން ރޯވި ނަމަވެސް، އެހެން އިމާރާތަކަށް އަލިފާން ފެތުރިފައިނުވާ ކަމަށެވެ. އަދި އެ އިމާރާތް ކައިރީގައި ފަޔަރުން ހަރަކާތްތެރިވަމުންދާ ކަމަށާއި، އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ފަޔަރުންނާއި ވެހިކަލްތައް 24 ގަޑިއިރު ބަލަހައްޓަމުންދާ ކަމަށެވެ.