މަޖައްލާއެއްގެ ބޭރުގައި ސުއްޓާ އިސްތިހާރުވާ ގޮތަށް އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ނިކް ޖޮނަސް ޖެހި ފޮޓޯއަކާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާ "އަންދާލައިފި"އެވެ.

ސުއްޓާއަށް ހާއްސަ މަޖައްލާއެއްގެ ބޭރު ގަނޑުގައި، އުމުރުން 30 އަހަރުން ދަށުގެ ޒުވާނަކަށް ފީޗާކުރި ފުރަތަމަ މީހާގެ ޝަރަފު އޭނާއަށް ލިބުނީތީ ފަހްރުވެރިވާކަމަށް ބުނެ އިންސްޓަގްރާމްގައި ނިކް ހިއްސާކުރި ފޮޓޯއަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

ސޯޝަލް މީޑިއާގައި ނިކްއާއި ދެކޮޅަށް އަޑުއުފުލަމުންދާ މީހުންގެ ތެރޭގައި އޭނާގެ ފޭނުންވެސް ހިމެނެއެވެ. ނިކްއާއި ދެކޮޅަށް މިފަދަ ރާޅެއް އުފެއްދިފައި މިވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމަށް ހިތްވަރުދޭ ގޮތަށް، ނިކްގެ އަންހެނުން އަދި ބައިނަލްއަގުވާމީ ސުޕާސްޓާރެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑާ ޕްރިޔަންކާ ޗޯޕްޅާ އާންމުކުރި ފޮޓޯއެއްގެ މައްސަލަ ޖެހިފައިވަނިކޮށެވެ.

ނިކްއާއި ޕްރިޔަންކާއަށް ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި އެހެން މީހުން ގާތު ބަޑިބޭސް ބޭނުން ނުކުރުމަށް ބުނުމަށްފަހު އެދެމަފިރިންނަކީ ކައިވެނި ހަފުލާގައި ބަޑިބޭހުގެ ވަރުގަދަ ޝޯއެއް ބޭއްވި ދެމީހުން ކަމަށް ބުނެ ބަހުގެ ހަމަލާތައް ދީފައިވެއެވެ. މީގެ އިތުރުން ޕްރިޔަންކާއަކީ ނޭވާ ހިއްލާ މީހެއް ކަމަށް ބުނާއިރު ފިރިމީހާ އެފަދަ ކަމެއް ކުރުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.