ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި އެއާ އޭޝިއާގެ ފްލައިޓެއްގެ އިންޖީނުގައި ރޯވެ، އަލުން ލޭންޑް ކުރުމަށް މިސްރާބު ބަދަލުކޮށްފިއެވެ.

އެއާ އޭޝިއާގެ މި ފްލައިޓްގައު އަލިފާން ހިފިތަން ވަނީ އާޓީފިޝަލް ބީޗުގައި ތިބި މީހުންނަށް ފެނިފައެވެ.

މަންޒަރު ދުށް މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދިން ގޮތުގައި، ފްލައިޓް ނައްޓާލުމާއި އެކު ބާރު އަޑަކާއި އެކު އެއްޗެއް ގޮވި އަޑު އިވުނު ކަމަށެވެ. އަދި މި އަޑާއި އެކު ދެން ފެނުނީ އިންޖީނާ ދިމާލުންރޯވެފައި ހުއްޓާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މިހާރު މި ފްލައިޓް ދަނީ ލޭންޑް ކުރުމަށްޓަކައި އޭގައި ހުރި ފިއުލް ހުސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރޯވި އެއާ އޭޝިއާގެ ފްލައިޓު މިހާރު ވަނީ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ރޯވި ފްލައިޓް މިހާރު ޖައްސާފައިވާ ކަމަށާއި، މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި އެނގިފައިނުވާކަމަށެވެ.

ފްލައިޓު ޖައްސާ، ފްލައިޓުގައި ތިބި މީހުން ބޭލުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

މި ފްލައިޓް އަނބުރާ ލޭންޑް ކޮށްފައި ވަނީ، ފްލައިޓު ނައްޓާލިތާ 20 ވަރަކަށް މިނިޓް ތެރޭގައެވެ. ފްލައިޓުގައި އިން ދަތުރުވެިޔަކު މައުލޫމާތު ދިން ގޮތުގައި، ފްލައިޓުގެ އިންޖީނުގައި ރޯވީ، ފްލައިޓު ނައްޓާލި ވަގުތެވެ. ހަމައެއާއެކު ފްލައިޓުގެ ކެޕްޓަން ފްލައިޓު އަނބުރާލުމާއި އެކު 10 މިނިޓު ތެރޭގައި އަނބުރާ ލޭންޑް ކުރި ކަމަށް އޭނާ މައުލޫމާތު ދިނެވެ.