ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލި އިރު އޭގައިދަތުރުކުރި އެންމެން ފެނިއްޖެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ލޯންޗު ބަންޑުން ޖަހާލާ ހިނގި މި ހާދިސާގައި އޭއިން ދަތުުރުކުރި ފަސް މީހަކު މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެމަފިރިންނާ، 1 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ދެ އަންހެނުންނެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނީ، ހދ ނޮޅިވަރަމްފަރުން މި ލޯންޗް ފުރިފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފް ނޮދާން އޭރިއާ އިން ހަރަކާތްތެރި ވަމުން ދާކަމަށެވެ. ޖުމްލަ 10 މީހުންނާއެކު ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ގެއްލިގެން އެމްއެންޑީއެފްގެ ނޮދާން އޭރިއާ އަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 12:25 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ލޯންޗް ބަންޑުން ޖަހާލާފައިވަނީ ހަނިމާދޫ ކަންމައްޗަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑިއެފް ކޯސްޓްގާޑްގެ ޑިންގީއެއްގެ އިތުރުން ސީ އެމްބިއުލަންސްވެސް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން ދާކަމަށް ކޯސްތް ގާޑުން މައުލޫމާތު ދެއެވެ.

އިތުރަށް ވިދާޅުވޭ...