ކައިވެނީގެ ސެޓްފިކެޓްގައި ބިކުރުގެ ހާލަތު ބަޔާންކުރަން ނުޖެހޭ ގޮތަށް ބަންގްލަދޭޝްގެ ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ބަންގްލަދޭޝްގެ ހައި ކޯޓުގެ މި ނިންމުމަކީ 2 ޖިންސުގެ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރިއަށް އެޅި ފިޔަވަޅެއް ކަމަށް، އެކަމަށް ވަކާލާތު ކުރަމުންދާ ފަރާތްތަކުން ސިފަކުރެއެވެ.

ބަންގްލަދޭޝްގެ ވަރި/ކައިވެނީގެ ގާނޫނުތައް ބުނާ ގޮތުން ކައިވެނި ކުރާ އަންހެން ކުއްޖާގެ ކައިވެނީގެ ސެޓްފިކެޓްގައި، އޭނާގެ ހާލަތު ބަޔާންކުރާ 3 ގިންތިން 1 ގިންތީގައި ފާހަގަ ޖަހަން ޖެހެއެވެ. އެއީ ހުވަފަތްވެފައިވާ މީހުންނާއި، ވަރިކޮށްފައި ތިބޭ މީހުންގެ އިތުރުން ބިކުރުވެރިންގެ ގިންތިއެވެ. ނަމަވެސް، ފިރިހެނުންނަށް މިކަމެއް ނޯވެއެވެ.

ކައިވެނި ކުރާ އަންހެން ކުއްޖާގެ ބިކުރުގެ ހާލަތު ބަޔާން ނުކުރަން ނުޖެހޭ ގޮތަށް ބަންގްލަދޭޝްގެ ހައިކޯޓުން ހުކުމް ކުރީ، ހައްގުތަކަށް ވަކާލާތު ކުރާ 3 ޖަމިއްޔާއަކުން 2014 ވަނަ އަހަރު ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. މި ހުކުމާއެކު، ކުރިން ބިކުރުވެރިންގެ ގޮތުގައި ފާހަގަ ޖަހަން އޮތް ގޮޅީގައިވާ ހާލަތުގެ ނަންނަ ވަނީ "މީހަކާ ނުއިނދެ" އިން ކަމަށް ބުނާ ގޮޅިއަކަށް ބަދަލުކުރަންޖެހެއެވެ. އަދި ފިރިހެން މީހާގެ ކައިވެނީގެ ހާލަތުވެސް ބަޔާންކުރަން ޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

މި އިސްލާހާ ބެހޭ ފުރިހަމަ ތަފްސީލް ހާމަކުރާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ.