ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އެކަމަށް މަރުުހަބާ ވިދާޅުވެ، އަންހެނުން ކެރިގެން އެފަދަ ކަންކަމަށް ނިކުތުމަށް ގޮވާލައްވައިފިއެވެ.

ޝިދާތާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށެވެ. އަދި ހުޅުވިގެން އެ ދިޔައީ ފަހި ފުރުުސަތެއް ކަމަށް ވިދާޅުވެ ޝިތާދާ ވަނީ އަންހެނުން ކެރިގެން ނިކުތުމަށް ގޮވާލައްވާ ކަމަށެވެ.

ޝިދާތާ މިފަދައިން ވިދާޅުވެފައިވީ ނަމަވެސް އަންހެނުުން ޝަރުއީ ކޯޓުތަކުގެ ގާޒީކަމަށް އައްޔަން ކުުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ޝެއިހް އަލީ ޒައިިދު ވަނީ ވިދާޅުވެފައެވެ. ޒައިދު ވިދާޅުވީ އިސްލާމީ ގައުމެއްގެ އެންމެ އިސް ކޯޓަކަށް އަދި ވަކިން ހާއްސަކޮށް ޖިނާއީ މައްސަލަތައް ބެލުމަށް އަންހެން ގާޒީން އައްޔަން ކުރުމަކީ ގުރުއާނާއި ހަދީސާ ހިލާފު، ބޮޑު މުންކަރާތެއް ކަމަށެވެ.

ސްޕްރީން ކޯޓުގެ ބެންޗު ފަހަކުން ހަތަކަށް އިތުރު ކުރުމާ ގުޅިގެން، ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތީ މިއަދުއެވެ.