ނިއުޒީލަންޑްގެ ލޯކަލް އިންތިހާބުގައި ދިވެއްސަކު ވާދަކުރުމަށް ނިންމައިފިއެވެ. މި އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ދިވެއްސަކީ ޝާޒްލީ ރަޝީދެވެ.
އޭނާ ވާދަކުރަނީ ނިއުޒީލންޑުގެ ސިޓީއެއް ކަމަށްވާ ހަޓް ސިޓީގެ ކައުންސިލަށެވެ.
ނިއުޒީލަންޑުގައި ދިރިއުޅޭ ޝާޒްލީ އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ އާއިލާއާއިއެކު ދިރިއުޅެ އާއިލާއެއް ބިނާކުރުމަށް އެސިޓީއަކީ އެންމެ ރަނގަޅު ސިޓީ ކަމުގައެވެ. އަދި ވިޔަފާރިއާއި އެހެނިހެން ފުރުސަތުތަކަށްވެސް ހަޓްސިޓީއަކީ ރަނގަޅު ސިޓީއެއްކަމަށް ޝާޒްލީ ބުނެފައި ވެއެވެ.
މިނިވަން މެންބަރެއްގެ ގޮތުގައި ވާދަކުރުމަށް ނިންމާފައިވާ ޝާޒްލީ ބުނީ ހަޓް ސިޓީއަކީ އިތުރު ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ އިތުރު އިންވެސްޓްމަންޓްތަށް ކުރެވޭ ސިޓީއަކަށް ހަދަން އޭނާ ބޭނުންވާ ކަމަށެވެ. ހަޓް ސިޓީއަކީ ރައްކާތެރި ތަނަކަށް ހެދުމާއި އިތުރު ވަޒީފާތައް އެސިޓީގައި އުފެއްދުމަކީވެސް އޭނާ އެ ސިޓީއަށް ކުރަމުން އަންނަ ތަސައްވަރެއްގެ ގޮތުގައި ޝާޒްލީ ވަނީ ސިފަކޮށްފައެވެ.
ނިއުޒީލަންޑްގައި ޝާޒްލީ ދިރިއުޅެމުން އަންނައިރު އޭނާ އަންނަނީ ހަޓްސިޓީގައި އަމިއްލަ ވިޔަފާރި އެއް ވެސް ހިންގަމުންނެވެ.
ނިއުޒީލަންޑްގެ ލޯކަލް އިންތިހާބު އޮންނަނީ ކޮންމެ ތިން އަހަރަކު އެއް އަހަރުއެވެ.