އިންޑިއާގައި ބޮޑުވެފައިވާ ރޭޕްގެ މައްސަލައިގެ ޝަރުއީ މަރުހަލާގައި ހިނގާދާ ކަންތައްތައް ދައްކުވާދޭ ފިލްމް "ސެކްޝަން 375"ގެ ޓްރޭލާ އާންމުކޮށްފިއެވެ.

ރޭޕްގެ މައްސަލައެއްގެ ކޯޓު މަރުހަލާގައި، ދައުވާ ކުރާ ފަރާތާ ދައުވާ ލިބޭ ފަރާތުންވެސް އިންޑިއާގެ ގާނޫނުލް އުގޫބާތުގެ ބޭނުންކޮށްގެން އެބައެއްގެ ކޮޅަށް މައްސަލަ ކާމިޔާބު ކުރަން ކުރަމުންދާ މަސައްކަތްތައް ދައްކުވާދޭ ފިލްމް "ސެކްޝަން 375"ގެ ލީޑު ވަކީލުންގެ ރޯލުންގެ ފެނިގެންދަނީ އަކްޝޭ ކަންނާއާއި ރިޗާ ޗަޑާއެވެ.

"ސެކްޝަން 375"ގައި އަކްޝޭ އަދާ ކުރަނީ، ރޭޕްކުރި ފިރިހެން މިހާގެ ދިފާއީ ވަކީލުގެ ރޯލެވެ. ރިޗާ އަދާކުރަނީ ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ ދިފާއުގައި ތެދުވާ ޕްރޮސެކިއުޓަރުގެ ރޯލެވެ.

އަޖޭ ބާލް ޑައިކްރެކްޓްކުރާ ފިލްމް "ސެކްޝަން 375" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.