ރައްޔިތުންނަށް ހެޔޮ ކަންތައް ތަކެއް ހޯއްދަވައި ދެއްވުމަށްޓަކައި ކިތައްމެ ވަރަކަށް މަގުމައްޗަށް ނުކުންނަވާ ތަޅާފޮޅަން ޖެހިވަޑައިގަތަސް ހުންނެވީ ތައްޔާރަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ޓެކްސީ ކުރުމަށް ވަކި އަގުތަކެއް ކަނޑައެޅުމާއި ޓެކްސީ އެޕްލިކޭޝަން ބޭނުންކުރަން އެންގުމާ ގުޅިގެން ޓެކްސީ ޑްރައިވަރުން ނުރުހުން ފާޅުކުރަމުންދާ މައްސަލައާއި ގުޅިގެން މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ ހެލްމެޓެކޭ އެއްފަދައިން ޓެކްސީ އެޕްލިކޭޝަން އަދި ޓެކްސީ ކަންތައްތަކުގައި ވެސް ޖެހެނީ ދެކޮޅަށް ތަޅާ ފޮޅަން ކަމަށެވެ.
އަދި ރައްޔިތުންނަށް ހެޔޮ ކަންތައްތަކެއް ހޯއްދަވައި ދެއްވުމަށްޓަކައި ކިތަންމެ ވަރަކަށް މަގުމައްޗަށް ނުކުންނަވާ ތަޅާފޮޅަން ޖެހިަވޑައިގަތަސް ހުންނެވީ ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓެކްސީ އެޕްގެ ކަންތައްތަކުގައި މިނިސްޓްރީން ވާނީ ޓެކްސީ ފޯރަމް ކިޔާ ފޯރަމެއް ބާއްވާ، އޭގައި ޓެކްސީ ސެންޓަރުގެ ބޭފުޅުންނާއި، ޓެކްސީ ޑްރައިވަރުންނާ އަދި އާންމު ރައްޔިތުން ބައިވެރިވެ ހިޔާލު ބަދަލު ކުރެވިފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސީގެ ކަންކަން ވަކި ހިސާބަކުން ހުއްޓާލައްވާނެ ކަމަށް ބައެއް ބޭފުޅުން ހީފުޅު ކުރައްވައިގެން ތިއްބެވި ނަމަވެސް، އެކަން ހުއްޓާ ނުލައްވާ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ޓެކްސީގެ މައްސަލައިގައި ސްޓްރައިކް ކުރުމުގެ ވާހަކަތައް އަޑުއިވި ވަޑައިގަންނަވާ ކަމަށާ، ސްޓްރައިކް ކުރުމާއި މުޒާހަރާ ކުރުމަކީ ގާނޫނުގެ ތެރޭގައި އެބޭފުޅުންނަށް ހުއްދަ ކުރާކަމެއް ކަމުން އެކަމަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު އައިޝާ ވިދާޅުވީ އޭނާ އަކީ ކަންކަން ތަންފީޒު ކުރައްވަން ހުންނެވި ބޭފުޅެއް ކަމަށާ، މިއަދުގެ ސަރުކާރުގެ ތެރޭގައި ތަންފީޒު ކުރަން ޖެހޭ ކަންކަން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ތަންފީޒުު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އަމިއްލަ މީހާ މުސްކުޅި އަކަށް ލާރިއަށް ވިއްކާ ލައިގެން ދިރިއުޅޭ މީހަކު، ރަތްޔިތުންނަށް ކޮން ކަމެއް ކޮށް ދޭނީ ????????????????. ޅާރި ފަހަތުން ދުވެވޭނީ ދޯ؟؟؟؟؟
އަސްލު މީ ވަރަށް ޤާބިލް މިނިސްޓަރެއްކަން އެވަނީ ސާބިތުކޮށްދީފަ. ހެލްމެޓްކަންތަކާއި، އަގުގެ ކަންތައް މިސާލަކަށް ފުދޭނެ، ޒާތީ ނުވެ ކޮމެންޓަކުރަން ވެއްޖެ ދޯ؟
ގާސިމް ކާރީ އަހާބަލަ ކޮބާހޭ ވަގަ ނެގި ސްޓާފުންގެ %10ސާވިސްޗާޖް
ޓްރާސް ޕޯޓް މިނިސްޓަ އައިސަތު ނަހުލާ އެވިދާޅުވަނީ ދޮގެއް އެކަނާއަކަށް ނުކެރޭނެ ރައްޔިތުންގެ ހައްގުގަ ނުކުމެ ހަގުރާމަ ކުރާކަށް