މާލޭގައި މީހަކު ރަހީނު ކޮށް، އަނިޔާކުރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފިއެވެ.

މީހަކު ރަހީނު ކޮށްގެން އެ މީހާއަށް އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 19 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ގެންދިޔައީ އިއްޔެ ހެދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައި ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓަށް ގެންދިއުމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިފަހަކަށް އައިސް މާލޭގައި މިފަދަ ކުށްތައް އަންނަނީ ގިނަވަމުންނެވެ. އަދި އެކަންކަން ހުއްޓުވުމަށްޓަކައި ފުލުހުން އަންނަނީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. ހާއްސަ ގޮތެއްގައި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއި މައްސަލަތައް ފަސޭހަ ކަމާއި އެކުގައި ފުލުހުންނަށް ރިޕޯޓު ކުރެވޭނެ އިންތިޒާމުތައް ފުލުހުން އަންނަނީ ހަމަޖައްސަމުންނެވެ.