ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް ބުނެ ޚަބަރު ގެނެސްދިން ޕާކިސްތާނުގެ ޖީޓީވީގެ ނޫސްވެރިޔާ އަޒާދަރު ހުސައިންއަށް ބައިނަލްއަގުވާމީ ތައުރީފު އޮހެންފަށައިފިއެވެ.

https://www.youtube.com/watch?v=zXS_ArlFH1c&feature=youtu.be

ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެތައް ބައެއްގެ ސަމާލުކަމަށް އަޒާދަރު އަރާފައިވަނީ ޕާކިސްތާނަށް ކުރި ވިއްސާރައިގެ ސަބަބުން ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި ކަރުތާފެނަށް އެރިހުރެގެން އޭނާ ގެނެސްދިން އާދަޔާ ހިލާފު ރިޕޯޓްގެ ސަބަބުންނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ވައިރަލް ވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، ފެނުން މަތީގައި އަޒާދަރުގެ ބޯ އޮންނަނީ ހަމަ ކިރިއާއެވެ. ގެނބެމުން ނުގެނބެމުން ކަހަލަ ގޮތަކަށް އޭނާ ރިޕޯޓްކުރަމުންދަނީ، އެ ސަރަހައްދުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ ވާހަކައެވެ.

ފެންގަނޑުގެ ތެރޭގައި ހަމަޖެހިލައިގެން ހުރެ އަޒާދަރު ބުނަމުންދަނީ، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދާދިނުމަށް ބޮޑުވަޒީރު އިމްރާން ހާންއަށްވެސް އެސަރަހައްދުގެ ރައްޔިތުން ދަންނަވާފައިވާ ކަމަށާ، ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށެވެ.

ސޯޝަލް މީޑިއާގައި އަޒާދަރަށް އެވޯޑް ދޭ ފަރާތްތަކުން ބުނާ ގޮތުގައި ހަގީގީ "އިންޑެޕްތް" ރިޕޯޓަރުގެ އެވޯޑް ހައްގުވެރިއަކީ އެއީއެވެ.