މާލޭގައި ޓެކްސީ ދަތުރު ކުރާ އުޅަނދުތައް މިނިސްޓްރީން ހުއްދަ ދީފައިވާ މޯބައިލް އެޕލްިކޭޝަންތައް ބޭނުން ކޮށްގެން ހިދުމަތް ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށް މާލޭ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްގެން ދުއްވާ ޓެކްސީތައް އެ މިނިސްޓްރީން ކަނޑައަޅާ ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަން ބޭނުން ކުރުމަށެވެ. މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ޓެކްސީތަކެއްގައި މިނިސްޓްރީން ބަޔާންކޮށްފައިވާ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ރަޖިސްޓްރީކޮށްގެން ދުއްވާ ޓެކްސީތައް އެ މިނިސްޓްރީން ހުއްދަ ދީފައިވާ ތިން މޯބައިލް އެޕްލިކޭޝަން ބޭނުންކުރުމަށެވެ. އެގޮތުން ހުއްދަ ދެވިފައިވާ ތިން މޯބައިލް އެޕްލިކޭޝަނަކީ އަވަސް ރައިޑް، ޕިކްމީ، އެއައީ އެވެ.

މިތިން އެޕްލިކޭޝަން މެދުވެރިކޮށް މިހާރުވެސް އަންނަނީ ރައްޔިތުންނަށް ޓެކްސީގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.