މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން "ޓިކްޓޮކް" ކުންފުނިން، ސްމާޓްފޯނު އުފައްދައިގެން ބާޒާރަށް ނެރުމާ ދިމާލަށް މިސްރާބު ޖަހާފައިވާކަން ހާމަކޮށްފިއެވެ.

ޓިކްޓޮކްއަކީ މިހާރު އެންމެ ހަލުވިކަމާއެކު ފުޅާވަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. މިއަދު ޓިކްޓޮކް ބޭނުންކުރާ 500 މިލިއަން ރެގިއުލާ ޔޫޒާޒް އެބަތިއްބެވެ.

ޓިކްޓޮކްގެ ޑިވަލޮޕަރުކަމަށްވާ ބައިޓްޑާންސްއިން ބުނީ ސްމާޓްފޯނު އުފެއްދުމުގެ ވިޔަފާރިއަށް ވަންނަނީ، ސްމާޓްފޯނު ޑިވައިސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސްމާޓިސަންގެ ޕޭޓަންޓް ރައިޓްސް ގަނެގެން ކަމަށެވެ.

ޗައިނާގެ ޓެކްނޮލިޖީ ޚަބަރުތައް ބުނާ ގޮތުގައި މި ފޯނެއް ތަރައްގީ ކުރަމުން އަންނަތާ މަސްތަކެއް ވަނީ ވެފައެވެ.