ދަރުމަވަންތަ ހޮސްޕިޓަލުގައި ކެންޓީނުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ އާ އިމާރާތް ކަމަށްވާ، ދަރުމަވަންތަ ހޮސްޕިޓަލުގައި ކެންޓީނުގެ ހިދުމަތް ދޭން ހަމަޖައްސާފައި ވަނީ އެ ހޮސްޕިޓަލުގެ މެޒޭނިއަން ފްލޯ އަދި ދެ ވަނަ ފްލޯގައި ކަމަށެވެ. މެޒޭނިއަން ފްލޯގެ ކެންޓީނުގައި 513 އަކަފޫޓް ހުންނަން ޖެހޭނެ ކަމަށާއި، ދެވަނަ ފްލޯގައި ކެންޓީނުގައި 818 ސްކެއާފޫޓް ހުންނަން ޖެހޭނެ ކަމަށް އައިޖީއެމްޗުން ބުނެއެވެ.

ބިޑް ފީގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖެހޭ ކަމަށް އައިޖީއެމްއެޗުގެ އިއުލާނުގައި ބުނެފައި ވާއިރު، އޮގަސްޓް މަހުގެ ކުރިން މަސައްކަތުގެ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ބިޑްފީ ނުނަގާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ދަރުމަންވަތަ ހޮސްޕިޓަލުގައި ކެންޓީނުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން އެ މަސައްކަތް ބިޑް ކުރުމުގެ ފޯމު ލިބޭނީ އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އައިޖީއެމްއެޗުން ބުނީ މި ފޯމް އެ ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓުން މި މުއްދަތުގެ ތެރެއިން ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 10:00 އިން 13:30 އަށް ލިބޭނެ ކަމަށެވެ.

ދަރުމަންވަތަ ހޮސްޕިޓަލުގައި ކެންޓީނުގެ ހިދުމަތް ދިނުމަށް ބިޑް ކުރުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ ހޮސްޕިޓަލުގެ ނަންބަރު، 3335134 އަދި އެ ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓްގެ އީމެއިލް އެޑްރެސް، [email protected] އިން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.