ދ. ވާނީގައި ޕޮލިސް ތަމްރީނު ހަދަމުން ދިޔަ މީހަކު ގެނބިގެން މަރުވެއްޖެއެވެ.

މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަން ފުލުހުން ކަށަވަރު ކޮށްދީފައި ވާއިރު މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގީ މިއަދު ކުރިއަށް ދިޔަ 31 ވަނަ ޕޮލިސް ރެކްރޫޓް ޓްރައިނިން ކޯހުގެ ސްވިމިން ސެޝަނެއްގައި ކަމަށެވެ. އަދި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 19 އަހަރުގެ ފުލުހެއް ކަމަށެވެ.

ފުލުހުން ބުނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ހާއްސަ ޓީމަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން ކަމަށެވެ.