އުރުދުންއިން ކަނޑުއަޑީގައި ފުރަތަމަ ފަހަރަށް ތަރައްގީ ކުޑި އަސްކަރީ ދާރުލް އާސާރު ހުޅުވައިފިއެވެ.

އަޤަބާގެ ކަނޑުގެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ އަސްކަރީ ދާރުލްއާސާރުގައި ގިނަ އަދަދެއްގެ އަސްކަރީ އަޅަނދު ފަހަރު ވަނީ ބަހައްޓާފައެވެ. ޓޭންކަރި ފަދަ އަސްކަރީ ބަރު އުޅަނދުފަހަރު ކަނޑުފައްތައިގެން ފަރުމާކޮށްފައިވާ މި ދާރުލް އަސާރުގައި އަސްކަރީ ހެލިކޮޕްޓަރުތައްވެސް ހިމަނާފައިވެއެވެ.

އުރުދުންއިން ބުނީ ލޯކަލް ޓުއަރިޒަމް ޕްރޮމޯޓްކޮށް، ފަތުރުވެރިންގެ ގޮތުގައި މިސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ކުޅިވަރެއް ތައާރަފުކޮށްދިނުމުގެ ގޮތުންކުރި ކަމެއް ކަމަށެވެ.

އުރުދުންގައި ހުޅުވި ކަނޑުއަޑީގެ އަސްކަރީ ދާރުލްއާސާރަށް ހެލިކޮޕްޓަރެއް ބާލަނީ/ފޮޓޯ: ރޮއިޓާޒް

މި ދާރުލްއާސަރަކީ ކަނޑުއަޑިން 92 ފޫޓު އަޑީގައި ފަރުމާކޮށްފައިވާ ދާރުލްއާސާރެކެވެ.

ޑައިވްކުރަން ނުކުރޭ ފަރާތްތަކަށްވެސް މި ދާރުލްއާސާރު ބަލާލުމުގެ ފުރުސަތު އުރުދުންއިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ބޯޓުގެ އަޑީގައި ބިއްލޫރި ޖަހައިގެން ބަނދެފައިވާ "ގްލާސް ބޮޓޮމް" ބޯޓުތަކުގައި މި ދާރުލްއާސާރު ބަލާލުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އުރުދުންއިން ބުނެއެވެ.