އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް – މުމްބާއީގެ ދެކުނުގައި ހުންނަ ތާޖު މަހަލް ހޮޓަލް ކައިރީގައި ހުރި 4 ބުރީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ގިނަ ބަޔަކު އެ އިމާރާތުގެ ތެރޭގައި ތާށިވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުން އަނބުރާ އެކެއްޖެހުމާ ގާތްވެފައިވަނުކޮށެވެ.

އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި އަލިފާން ނިއްވާ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުން ބައެއް މީހުން ސަލާމަތް ކުރެވުނު ނަމަވެސް، އިމާރާތުގެ ތެރޭގައި ގިނަ ބަޔަކު ތާށިވެފައިކަމަށް ލަފާކުރެވޭ ކަމަށް ޚަބަރު ލިބޭއިރު، މި އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް މުޅިން ނިއްވާލެވިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.