އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު އަނެއްކާވެސް ކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން ޕެޓްރޯލްގެ އަގުން 1 ރުފިޔާ ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 10.13 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

މިއަހަރު ތެރޭގައި އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ހެޔޮކުރި މީ ހަތަރު ވަނަ ފަހަރަށް ވީ އިރު، އެންމެ ފަހުން ޕެޓްރޯލްގެ އަގު ހެޔޮކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި ދިޔަ މަހު ޕެޓްރޯލްގެ އަގު ހެޔޮކޮށްފައިވަނީ ލީތަރަކުން 26 ލާރީގެ ރޭޓުންނެވެ.

މި ފަހަރު ޕެޓްރޯލްގެ އަގު ހެޔޮކޮށްފައި ވީ ނަމަވެސް ޑީސަލަްގެ އަގު ހެޔޮކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ޕެޓްރޯލް ރޭޓް 10.13 ރުފިޔާއަށް ހުރި އިރު ޑީސަލްގެ ރޭޓް އުޅެނީ ލީޓަރެއް 11.97 ރުފިޔާއަށެވެ.