ފާއިތުވީ 3 ދުވަހު އިންޑިއާގެ އެކި ހިސާބުތަކަށް ކުރަމުންދާ ގަދަވިއްސާރައާއި ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 10 އަކަށް އަރާ، މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިންވަނީ ކުރިއަށް އޮތްތަނުގައި މޫސުމީ ވިއްސާރާ އިތުރަށް ގަދަވެގެންދާނެކަމުގެ އިންޒާރުވެސް ދީފައެވެ.

އިންޑިއާގެ އައްސާމް ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބަރާމަޕުޓްރާ ކޯރު ފުރި ބަންޑުންވެ، 1800 އެއްހާ އަވަށުގައި ވަނީ ފެންބޮޑުވެފައެވެ.

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ އާންމު ހާލަތަށް އަންނަ ބަދަލުތައް ގާތުން ބެލުމަށްޓަކައި ސްރީލަންކާގެ ޔޫނިއަން ހޯމް ނިނިސްޓާ އަމީތު ޝާހް ވަނީ ހާއްސަ ބައްދަލުވުންތަކަކަށް ގޮވާލައްވާފައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުމަށްވެސް ޝާހް ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.