ރޭ ދަންވަރު މާފުށީ ޖަލުން ފިލި ގައިދީއެއް ކަނޑުމަތިން އަތުލައި އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ދަންވަރު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން ގައިދީއެއް ފިލިހުމުން އޭނާ ހޯދާ މިއަދު ހެނދުނު 6:55 އަނބުރާ މާފުށީ ޖަލަށް ގެންދެވިފައިވާ ކަމަށެވެ.

އަދި ފިލި ގައިދީ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރި މަސައްކަތުގައި ފުލުހުންނާއި، މަސްބާނަން ނުކުމެ އުޅުނު މާފުށީ ޒުވާނުންތަކެއް އެހީވި ކަމަށް މުނާޒު ވިދާޅުވިއެވެ.

މައުލޫމާތު ލިބެ ގޮތުގައި ގައިދީ ފިލައިގެން ގޮސްފައިވަނީ "ކަޔަކް" އެއްގައި ކަނޑަށެވެ. އަދި އޭނާ ހޯދާފައިވަނީ ކަނޑުމަތިންނެވެ.