ނޯތް އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)އަށް އެއްބާރުލުންދޭ މެމްބަރެއްގެ ދަރަޖަ އިންޑިއާއަށް ލިބޭ ގޮތަށް އެމެރިކާގެ ނޭޝަނަލް ޑިފެންސް އޯތޮރައިޒޭޝަން އެކްޓް (އެންޑީއޭއޭ)އަށް ގެނައި އިސްލާހު، އެމެރިކާގެ ސެނެޓުން ފާސްކޮށްފިއެވެ.

މި ބިލަކީ އެމެރިކާއާއި އިންޑިއާއާއި ދެމެދު އަސްކަރީ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ބާރުދޭ ބިލެކެވެ.

މި ބިލު ފަރުމާކޮށްފައިވަނީ އެމެރިކާއާއި ޗައިނާ އަދި ރަޝިޔާއާއި ދެމެދު އޮންނަ ދިފާއީ ފަރަގަކީ އެއް މިންގަނޑެއްގައި ހިފެހެއްޓިފައި އޮތް ފަރެއްގަކަން ކަށަވަރުކުރުމަށް ބާރު ލިބިދޭ ގޮތަށްކަމަށްވާއިރު، މި ކުޅިބައިގައި އިންޑިއާއަކީ މުހިންމު މަންޒިލެކެވެ.

ޑިމޮކްރަޓިކް މެމްބަރު އެޑަމް ސްމިތް ތައްޔާރުކުރެއްވި މި ބިލަކީ، އަސްކަރީ ބޭނުންތަކަށް ފައިވް ޖީ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ގޮވާލާ ބިލަކަށްވާއިރު، މިއީ ޗައިނާގެ ބޮޑެތި ފާޑިކިއުންތަކެއް އަމާޒުވި ބިލެއްވެސްމެއެވެ.