ކޮމިޓީގައި ކުރެވުނު ބަހުސަކާމެދު ހިތްހަމަ ޖެހި ވަޑައިނުގެން ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މިހާރުގެ މާމިގިލީ ދާއިރާގެ މެންބަރު ކޮމިޓީ ދޫކުރައްވައި ވަޑައިގެންފިއެވެ.

މަޖިލީހުގެ ގައުމީ ސަލާމަތީ ބާރުތައް އަދި ހާރިޖީ ގުޅުންތަކާ ބެހޭ ކެމިޓީ ދޫކުރަށްވައި ގާސިމް ވަޑައިގެންފައި ވަނީ، އިންޑިއާއި ރާއްޖެއާ ދެމެދު ވުމަށް ތައްޔާރު ވަމުން އަންނަ އެއްބަސްވުމާ ގުޅޭގޮތުން ކުރި ބަހުސަކާމެދު ހިތްހަމަޖެހި ވަޑައިނުގެންނެވެ.

މި އެއްބަސް ވުމުގައި ވަނީ އިންޑިއާއިން ކުށްވެރިއަކު ކަމުގައި ކަނޑައަޅާ މީހަކު، އިންވެސްޓެއް ރާއްޖެއަށް ކޮށްފައިވާނަމަވަ އެ އިންވެސްޓަކާއި އެ އިންވެސްޓެއްގެ ފައިސާ އިންޑިއާއިން ހިފެހެއްޓޭނެ ކަމަށެވެ. މި ބަހުސްގައި ގާސިމް ވިދާޅުވީ ދިވެހިންގެ އިސްތިގުލާލައި މިނިވަންކަން ފޭރިގަތުމަށްޓަކާ ބަޔަކު ނިންމާ އެފަދަ ނިންމުމެއް ބަލައި ނުގަނެވޭނެ ކަމަށެވެ.

ބަހުސް ދޫކުރައްވައި ވަޑައިގަންނަވަން އުޅުއްވުމުން އެތަނުގައި ތިއްބެވި މެންބަރުން ވަނީ އެހެން ނުހެއްދެވުމަށް އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް ގާސިމް ވަނީ އެ ކޮމިޓީ ބަހުސުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ އެތަން ދޫކުރައްވާ ވަޑައިެގންފައެވެ.

މި ބަހުސްގައި ދެކެވުނު ބައެއް ވާހަކަތަކާ މެދު ނުރުހުން ފާޅު ކުރައްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ވާހަކަ ދައްކަވަނީ އިދިކޮޅު މެންބަރެއްގެ ގޮތުގައި ނޫން ކަަމަށާ، އެމަނިކުފާނަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ، ސަރުކާރުގެ ވަޒީރުންނާއި މެންބަރުން ތިބި ޕާޓީއެއްގެ ލީޑަރު ކަމަށެވެ.