ބަލި މީހަކު ބަރަހަނާ ހާލުގައި ހުއްޓާ ދަރުބާރުގެ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ބަރަހަނާ ހާލުގައި އަމީނީ މަގުން ހިނގާފާދިޔަ 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 18:46 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

ފުލުުހުން ބުނީ، އެ ފިރިހެން މީހާއަކީ ސިކުނޑި ހަމަ ނުޖެހޭ މީހެއް ކަމަށާއި، އޭނާ ގޭގައި ހުރެފައި މަގުމައްޗަށް ނިކުތީ ދުވެފައި ކަމަށެވެ. އަދި މި މީހާ ފުލުހުންގެ ބެލުމުގެ ދަށުން އަތޮޅުވެއްސަށް ގެންދިއުމަށް ފަހު، މުންޑެއް ލައްވައިގެން ގެންގޮސް މިހާރު އާއިލާއާ ހަވާލު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ ބުދަ ދުވަހު ވެސް ސިކުނޑީގެ މައްސަލަ ހުންނަ ބިދޭސީ އަންހެނަކު މަޣްރިބް ނަމާދު ވަގުތު މާލޭ އަމީރު އަހުމަދު މަގުގައި ހުންނަ 'މަސްޖިދުލް އިސްކަންދަރު' އަށް ވަންނަަން އުޅެނިކޮށް ހިފަހައްޓާފައި ވެއެވެ.