ކަރަންޓު ފޮށްޓެއްގައި ރޯވެ ކަރަންޓު ކެންޑުނު ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސްއްކަތް ކުރަމުން ދާކަމަށާ، އިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ކަރަންޓު ދޭވޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ސްޓެލްކޯ އިން ބުނީ މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށާ، ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަރަންޓު ދޭނެ ކަމަށެވެ

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ފީރޯޒު މަގުގައި ހުންނަ ކަރަންޓު ފޮށްޓެއްގައި ރޯވެގެން ކަމަށާ، ފުލުހުންނަށް އެ ސަރަހައްދަށް ދެވުނު އިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވާކަމަށެވެ. އެހެން ނަމަވެސް އެ ފޮށީގައި ރޯވުމުގެ ސަބަބުން އެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ފުލުހުން ބުނެއެވެ.

ހއ ހޯރަފުށީ ކަރަންޓު ފޮށްޓެއްގައި ރޯވެ، މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައިވެސް އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، އެރަށުގައި ބަހައްޓާފައި ހުރި 10 ކަރަންޓު ފޮށްޓެއްގެ އާތު ނަރު ވަނީ އަނދާފައެވެ.