އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ދެކަނބަލުން، އިޓަލީވިލާތުގެ ލޭކު ކޯމޯއާއި ދާދި ކައިރީގައި ހުންނަ ޖޯޖް ކްލޫނީގެ ގެއަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އިޓަލީވިލާތަށް ވަޑައިގެން އުޅުއްވާ ބަރާކް އޮބާމާ، އަނބިކަނބަލުން މިޝޭލްއާއިއެވެސް އެކުގައި ކްލޫނީގެ ގެއަށް ވަޑައިގެންފައިވަނީ، 2020 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ ރޭހުގައި، މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދެވަނަ ދައުރެއް ކަށަވަރު ނުކުރެއްވޭނެ ގޮތްތައް ހެއްދެވުމުގެ މަޝްވަރާތަކަށް ކަމަށް ސޯޝަލް މީޑިއާގައި އުޅޭ ޓްރަމްޕްގެ ފޭނުން ވަނީ ބުނަން ފަށާފައެވެ.

ކަންމިހެން އޮތްއިރު، އިޓަލީވިލާތުގެ ބޮޑުވަޒީރާ އޮބާމާ ބައްދަލުކުރެއްވި ވާހަކަތަކެއްވެސް މީޑިއާއަށް ވަނީ ތިލަވެފައެވެ. ނަމަވެސް، ބަރާކް އޮބާމާއަކީ އެންޓި ކެމްޕޭންގެ ކުރައްވަފާނެ ބޭފުޅެއް ކަމާ ސުވާލު އުފައްދާ މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ.