އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އުތުރު ކޮރެޔާއަށް ވަޑައިގެންފިއެވެ.

އުތުރު ކޮރެޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓްރަމްޕް މިވަގުތު ހުންނެވީ ދެ ކޮރެޔާ ބައިކުރާ ސަރަހައްދީ އިމުގައި އޮންނަ، ހަމަލާ ބަދަލުކުރުން މަނާ ކުރާ ޒޯން (ޑީއެމްޒީ)ގައި ކަމަށް ޚަބަރު ލިބެއެވެ.

މީގެ ކުރިން އެމެރިކާގެ ލީޑަރެއްގެ ފަރާތްޕުޅުން ފެނިފައިނުވާފަދަ މި ތާރީހީ ދަތުރުފުޅުގައި، އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުންއާއިވެސް ޓްރަމްޕް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންވެސް އޮންނާނީ ޑީއެމްޒީގައެވެ.

ދެކުނު ކޮރެޔާގެ ރައީސް ވިދާޅުވީ، ޓްރަމްޕްއާއި ކިމް "ސުލްހައަށްޓަކައި" ސަލާމް ކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.