ކޯސްޓްގާޑުގެ އެންމެ ބޮޑު އެއް އުޅަނދު ކަމަށްވާ ކޯސްޓްގާޑު ޝިޕް "ގާޒީ" މެއިންޓެއިން ނުކުރެވުމުގެ ސަބަބުން، މިހާރު އޮޕަރޭޓް ނުކުރާތާ ގާތްގަނޑަކަށް ތިން އަހަރު ވެފައި ވާކަމަށް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރާ ކަންކަން ވީހާވެސް ބޮޑަށް ހާމަކުރުމަށާ މީޑިއާއާއި ގާތް ގުޅުމެއް ބޭއްވުމުގެ ގޮތުން ކުރިއަށް ގެންދާ ސެޝަންތަކުގެ ތެރެއިން މިއަދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ވަނީ ނޫސްވެރިންނަށް ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. "ރައްޔިތުންގެ ހިދުމަތުގައި ސިފައިން" ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ، ކޯސްޓްގާޑު "ގާޒީ" ބޭނުން ނުކުރާތާ 3 އަހަރު ވެފައި ވަނީ އެއަށް ބޭނުންވާ ރިފޯ

ޓް އެ ފަރާތުން ކުރިއަށް ނުގެންދެވިގެން ކަމަށެވެ.

ރައްޔިތުންނަށް ކަނޑުމަގުން ދޭންޖެހޭ ރައްކާތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވަމުން ޒުހައިރު ވިދާޅުވީ، ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ކޯސްޓްގާޑަށް ދިމާވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ ކޯސްޓް ގާޑުގެ އުޅަނދުފަހަރު އަޅާފައި ބާއްވާނެ ރަނގަޅު ބަނދަރެއް ނެތް ކަމާއި، ޑޮކެއް ގާއިމު ކުރެވިފައި ނެތް ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ކޯސްޓްގާޑުގެ އުޅަނދުފަހަރު މިހާރު ބާއްވާފައި އޮންނަނީ ހުޅުމާލޭގެ ސަރަހައްދެއްގައި ކަމަށާއި، އަދި އެފަދަ ސަރަހައްދެއްގައި އޮންނަ އިރު އެ އުޅަނދުގެ ޖަނަރޭޓަރު ނިއްވާ ނުލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހެން ކަން ހިނގާއިރު އަވަސްއަވަހަށް މެއިންޓެއިން ކުރަން ޖެހޭނެ ކަމަށާއި އޭގެތެރެއިން އެންމެ މުހިއމްު އެއް ކަމަކީ ޝޯލައިން ލިބުންކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ.

މިފަދަ އުޅަނދުފަހަރު މެއިންޓެއިންކޮށް ބެލެއްހެއްޓުމުގައި ހުރި ދަތިތަކެއް އަލި އަޅުވާލަމުން ޒުހައިރު ވިދާޅުވީ، އެ އުޅަނދުތަކަށް ޑޮކެއް ގާއިމު ކުރެވިފައި ނެތްކަމަށެވެ. އަދި ރާއްޖޭގައި ހުރި އެހެނިހެން ޑޮކްތަކަކީ ބައެއް އުޅަނދުފަހަރު އެރުވޭވަރަށް ވުރެ ކެޕޭސިޓީ ކުޑަތަންތަން ކަމަށާއި މެއިންޓެއިންކޮށް ބެލެހެއްޓުމާއި އެ އުޅަނދުފަހަރަށް ދޭން ޖެހޭ ރަނގަޅު ސާވިސަސް ބަރާބަރަށް ޝެޑިއުލްކުރެވިގެން ނުދެވުމުގެ ސަބަބުން އެކަމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ، ކޯސްޓްގާޑުގެ ހިދުމަތް ރަނގަޅަށް ދެވޭނީ އެފަދަ އުޅަނދުފަހަރު ބަލަހައްޓާނެ ނިޒާމެއް ގާއިމު ކުރެވިގެން ކަމަށް ޒުހައިރު ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯސްޓް ގާޑުގެ އުޅަނދެއް ހަރަކާތްތެރިވެފައި ކަން ޒުހައިރު ފާހަގަ ކުރެއްވިއެވެ. އެގޮތުން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެމްއެންޑީއެފުން އެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިއްމާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.