ބޯ ހަމަނުޖެހޭ ބިދޭސީއަކު މިސްކިތަކަށް ވަންނަން އުޅުމުން ހިފަައްޓައިފިއެވެ.

ބައެއް ފަރާތްތަކުން ބުނީ މިރޭ މަޣްރިބް ނަމާދު ވަގުތު މާލޭ އަމީރު އަހުމަދު މަގުގައި ހުންނަ 'މަސްޖިދުލް އިސްކަންދަރު' އަށްް ބިދޭސީ އަންހެނެއް ވަދެ އެތަނުގައި ނަމާދުކުރަން ތިބި މީހުންނަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުން އޭނާ އަމީރު އަހުމަދު މަގުން ހުޅަނގުން އިރަށް ދުވެފައި އައިސް އެ މިސްކިިތައް ވަންނަން މަސައްކަތް ކުރުމުން ވަނީ ހިފަހައްޓާފައެވެެ. އަދި މިސްކިތަށް ވަންނަން އުޅުނީ 'ހެލްޕް މީ' ގޮވަމުން ކަމަށް ވާތީ ކޮންމެވެސް ފަރާތެއްގެ އެހީތެރިކަމަށް އެދޭކަން ދޭހަވެއެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުން ބުނީ، މިސްކިތައް ވަންނަން އުޅުނީ ބޯހަމަނުޖެހޭ މީހެއް ކަމަށާއި، ފުލުހުން އެމީހާ ހުއްޓުވި ކަމަށެވެ.

އަދި މި އަންހެން މީހާ އަކީ، ފަރުވާ ދިނުމަށް އޭޑީކޭ އަށް ގެންދިޔަ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށާއި، އޭނާ އޭޑިކޭއިން ނިކުމެގެން، މިސްކިތަށް ވަންނަން ދިޔައީ އޭނާގެ އެހީތެރިންނަށް ނުކިޔަމަންތެރިވެ ކަމަށެވެ. އަދި އޭނާ މިރޭ 7:08 ހާއިރު ސޯސަން މަގާއި އަމީރު އަހުމަދު މަގު ގުޅުނު ސަރަހައްދުން ފުލުހުންގެ އެހީތެރިކަމާއި އެކު، ފުލުހުންގެ ވެހިކަލްގައި އޭނާ އަނބުރާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.