ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދަވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، މޯދީގެ ރަސްމީ ގެކޮޅުގައެވެ.

އަފްޣާނިސްތާނަށް ކުރެއްވި ކުށްލި ދަތުރުފުޅެއް ނިންމަވާ ލެއްވުމަށްފަހު ޕޮމްޕޭއޯ އިންޑިއާއަށް ވަޑައިގެންފައިވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. 3 ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި އިންޑިއާގެ ސިޔާސަތުތަކާ، ޓެރަރިޒަމް ފަދަ މުހިންމު ކަންކަމާ ބެހޭ ގޮތުން ޕޮމްޕޭއޯ ވާހަކަފުޅުދައްކަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިދަނޑިވަޅަކީ ރަޝިޔާއާއި އިންޑިއާއާއި ރަޝިޔާއާއި ދެމެދު އޮންނަ ޒަމާންވީ އަސްކަރީ ގުޅުންތަކުގެ ވާހަކަތަކެއްވެސް އަލުން އިޔާދަވެފައިވާ ދަނޑިވަޅަކަށްވާއިރު، މިވާހަކަތައް އެމެރިކާއާއި ހިއްސާކޮށްފައިވާނެ ކަމަށްވެސް އިންޑިއާއިން ވަނީ ބުނެފައެވެ.

އެމެރިކާއާއި އިންޑިއާއި ދެމެދު ވިޔަފާރީގެ ހަމަލާތަކެއްވެސް ބަދަލުކުރަމުންދާ މި ދަނޑިވަޅުގައި ހާރިޖީ ވަޒީރު ޕޮމްޕޭއޯ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް އެމެރިކާގެ ހާރިޖިއްޔާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މޯދީގެ ސަރުކާރުން ބޭނުންވާފަދަ ވަޒީފާގެ ގިނަ ފުރުސަތުތަކެއް އިންޑިއާއަށް ފަހިކޮށްދެވިދާނެ ކަމަށާ، ނަމަވެސް އެކަން ވާންތީ ވިޔަފާރީގެ ރޮނގުން އެމެރިކާއާއި ދެކޮޅަށް އިންޑިއާއިން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކަށް ލުއި ދީގެންކަމަށެވެ.

އެމެރިކާއިން ވަކާލާތުކުރާ ގޮތުގައި އިންޑިއާއިން ބައިނަލްއަގުވަމީ ބާޒާރަށް ނެރޭ އުފެއްދުންތަކަށް އެންމެ ބޮޑު މާކެޓެއްވެސް އޮންނަނީ އެމެރިކާގައެވެ.

މޯދީވަނީ މިމަހުގެ 14 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ޖަޕާނުގައި ބައްދަލުކުރައްވާފައެވެ.