އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރު ކައިރީ އަލިފާން ރޯވެ އަނދަމުން ދާތީ އެމްއެންޑީއެފް ހަރަކާތްތެރި ވާން ފަށައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު އަލިފާން ރޯވް އަނދަމުން ދާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:42 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފްގެ ސަތަން އޭރިއާ ހިތަދޫ ފަޔާ ސްޓޭޝަނުންނެވެ.

އެމްއެންޑީއެފުން އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވަމުންދާއިރު އަލިފާންގަނޑު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު ކައިރީ އަލިފާން ރޯވެ އަނދަމުން ދަނީ / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ، ގާތްގަނޑަކަށް 200 މީޓަރެއްހާ ސަރަހައްދެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި ބޮޑަށް އަލިފާން ރޯވެފައި ހުރީ ކަށިކެޔޮ އަދި ބުރު ގަސްތަކުގައި ކަަމަށެވެ. މިހާރު އަލިފާންގަނޑުގެ 50 ޕަސެންޓް ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.