ރާއްޖޭގައި ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރެވޭނީ ގައުމީ ނިސްބަތުން ވޯކް ވިސާ ދީގެން ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.
ހަނަފީ މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގައި ބިދޭސީންގެ އަދަދު އިތުުރުވެ އެކަމުގެ ސަަބަބުން އޮތް ނުރައްކާ ބޮޑުވެދާނެ ކަމަށް ވިދާޅުވެ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޕާޓްނާޝިޕް ފޯރަމްގައި ދެއްކެވި ވާހަކައާއި ގުޅިގެންނެވެ.
ހަނަފީ ވިދާޅުވީ ރާއްޖޭގައި ބިދޭސީންގެ އަދަދު ކޮންޓްރޯލްވާން އެބަޖެހޭ ކަމަށެވެ. އަދި އެކަން ހައްލު ކުރެވޭނީ ގައުމީ ނިސްބަތުން ވޯކް ވިސާ ދޭނެ އަދަދު ކަނޑައަޅައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އިމިގްރޭޝަނުން ދަނީ ބިދޭސީންގެ ކަންކަން ހައްލު ކުރުމަށްޓަކައި ގޮންޖެހުން ތަކަކާއެކު ވެސް މަސައްކަތް ކުރަމުންް ކަމަށެވެ.
ހަނަފީ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހުރިހާ އެންމެން ގުޅިގެން ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ހުރިހާ އެންމެންގެ ވިސްނުން މިކަމުގައި އެއްގޮތް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާޓްނާޝިޕް ފޯރަމްގައި ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައި ވާއިރު، އެމީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ ކަމަށެވެ.
މިއީ ދޭތެރެ ދުރުކުރުމުގެ ނަތީޖާ
ބައްލަވާ ހަނަފީ! ތިޔަ ކަން ކުރަންޏާ ފުރަތަމަ ލަންކާގެ އެކައުންޓަންޓުން ރާއްޖެއިން މަދުކުރަން ފައްޓާ! ދިވެހި ރާއްޖޭގަވެސް ގްރެޖުއޭޓްވެފަ ބައިވަރު އެކައުންޓަޓުން އެބައުޅޭ! ޢެކްސްޕޯޝަރ ނެތުމަކީ އިކޮނޮމިކް މިނިސްޓްރީގެ މައްސަލައެއް. ޢިކޮނޮމިކް މިނިސްޓްރީ ރަނގަޅުކޮށްގެން އެހެން ކަމެއް ރަނގަޅުވާނީ.