ރާއްޖެ ޓީވީ ބަންދު ކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު އިސްމާއިލް ސޮފްވާން ބުނެފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ބްރޯޑްކޮމްގެ މެންބަރުން ހާޒިރުކޮށް ސުވާުލު ކުރުމުން، ޝަހީބު ވިދާޅުވީ ރާއްޖެ ޓީވީ ހަފްތާއަކަށް ބަންދުކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ސޮފްވާން ބުނެފައިވާ ކަމަށެވެ.
ޝަހީބު ވިދާޅުވީ، އެއް ދުވަހެއްގެ ހެނދުނު އޮފީހުގައި އިންނަވަނިކޮށް ސޮފްވާން ކުރި ފޯން ކޯލަކުން، ރައީސް އޮފީހުން ގުޅާ އޭނާއާއި ޝަހީބާ ބައްދަލުކޮށްލަން ރައީސް ޔާމީން ބޭނުންފުޅުވާ ވާހަކަ ވިދާޅުވި ކަމަށެވެ. ނަމަވެސް، ޝަހީބު ވިދާޅުވީ، ސާފު ގޮތުގައި އެކަން މަނާ ކުރުމަށްފަހު، ރައީސް ބައްދަލު ކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އޮންނަ ޕްރޮޓޮކޯލްގެ ދަށުން ރަސްމީ ސިފައެއްގައި ރައީސް އޮފީހުން އެންގުމުން ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
ޝަކީބު އިތުރަށް ވިދާޅުވީ އެދުވަހުގެ މެންދުރުފަހު، ސޮފްވާން އޭނާއަށް ގުޅާފައި ރައީސް އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވި ކަމަށާއި، އޭނާގެ ދައުވަތަށް ދެވަނަ ފަހަރު ވެސް ނޫނެކޭ ބުނި ކަމަށެވެ. ނަމަވެސް އެ ފަހަރުވެސް، ރައީސް ޔާމީން ރާއްޖެ ޓީވީ ހަފްތާއަކަށް ބަންދުކޮށްދޭން އެދިވަޑައިގަތް ވާހަކަ ސޮފްވާން ބުނި ކަމަށް ޝަހީބު ވިދާޅުވިއެވެ. ސޮފްވާން އެހެން ބުނުމުން އެފަދަ ކަމެއް އޭނާއަށް އެކަނި ނުނިންމެވޭނެ ކަމާއި އެކަމާ ގުޅޭގޮތުން ކޮމިޝަނުގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށް ދެންނެވި ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި ކޮމިޝަނުގެ ބައްދަލުވުމެއް އިންތިޒާމު ކޮށްދޭނެ ކަމަށާއި މެމްބަރުން މަޝްވަރާ ކުރުމަށްފަހު އެކަމާ މެދު ގޮތެއް ނިންމުމަށް ދެންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އޭނާ ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރާއްޖެ ޓީވީ ބަންދުކޮށްދޭން އެމްއެންޑީއެފަށް ސިޓީއެއް ފޮނުވުމަށް ނިންމި ކަމަށާއި މިކަންކަން ހިނގާފައިވަނީ މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި ކަމަށް ޝަހީބު ވިދާޅުވިއެވެ.
ހިހޫ ތަނުން ކެއުން ނޫނޭ މޮޅު....
އިންތިހާ ދޮގު ފެތުރި ނަހަމަ ފައިސާ އިން ހެދި ޗެނަލެއް..