މެލޭޝިއާގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގައި ހުންނެވި، ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން އާނިއާ އަބްދުލްޣަފޫރު ވަޒީފާއިން ވަކިކޮށްފިއެވެ.

އާނިއާ ވަޒީފާއިން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބަސެޑަރުގެ މަގާމަށް އާނިޔާ އައްޔަން ކޮށްފައި ވަނީ ކުރީގެ ރާއީސް އަބްދުﷲ ޔާމީން ގެ ދައުރުގައެވެ. އާނިއާ ވަނީ މެލޭޝިއާގެ ޑެޕިއުޓީ އެމްބެސެޑަރު ކަމުގެ މަގާމުގެ އިތުރުން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ގެ މަގާމު އަދާކުރައްވާފައެވެ.

އާނިއާ އަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައި ވާ ގާނޫނީ ވަކީލެކެވެ.

އާނިޔާގެ ފިރިކަލުން ފަނޑިޔާރު އަބްދުﷲ ދީދީ، ރިޝްވަތުގެ އެއް މިލިއަން ޑޮލަރު އާނިއާ ގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ ޖޭއެސްސީ އިން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން ޖޭއެސްސީ އިން ވަނީ ފަނޑިޔާރު ދީދީ ސަސްޕެންޑު ކޮށްފައެވެ.