މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޓުންގް ލައި މާގް އާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޔުމްނާއާއި ސަފީރު ވަނީ ފަންނާއި ސަގާފަތް އަދި ތަރިކައިގެ ރޮނގުން ގުޅިގެން ކުރެއްވިދާނެ މަސައްކަތްތަކާއި، މި ދާއިރާތަކުން ރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން، ޖަޒީރާވަންތަކަންމަތީ ރާއްޖެ ތަރައްގީ ކުރެވޭނީ ދިވެހިންގެ އަމިއްލަވަންތަކަމާއި، ބަހާއި ސަގާފަތާއި ތަރިކަ ދަމަހައްޓައިގެންކަމަށް، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ ވަނީ ވިދާޅުވެފައެވެ. ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް މިއީ ދިގު ތާރީހެއް އޮތް، އަމިއްލަވަންތަ ދިރިއުޅުމުގެ އާދަތަކެއް އޮތް ގައުމެއް ކަމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މި ސިފަތައް ދަމަހައްޓަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ހާއްސަ ފަންނުތައް ދެނެގަނެ އެ ފަންނުތަކާއި، ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހުރި ކަންކަން ކުރިއެރުވުމަކީ މުހިއްމު ކމަެއް ކަމަށެވެ. އަދި ފަންނުވެރިކަމާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއަށް ކުރިން ނުދޭފަދަ އަހައްމިއްޔަތުކަމެއް ދީގެން މިއަދު މަސައްކަތް ކުރަމުންދާއިރު، އެ ދައިރާތަކަކީ އެކި ގޮތްގޮތުން އެ ދާއިރާތަކާއި އެތައް ވަޒީފާއެއް ގުޅިފައިވާ ދާއިރާތަކެއްކަން މިނިސްޓަރު ޔުމްނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކަށް، އަދި ރަށަކަށްވެސް ހާއްސަ ކަންތައްތަކާއި ތަރިކަ ހުރިއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ކުރިއެރުވިދާނެ ކަންކަން ކަން މިނިސްޓަރު ފާހަގަ ކުރެއްވެވިއެވެ.

ފަތުރުވެރިކަން ފަދަ ދާއިރާތައް ކުރިއެރުވުމަކީ ދިވެހިންގެ ތެރޭގައި ތިބި ފަންނުވެރިންނަށް އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށާއި، އެއީ ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދުމުގެ ފުރުސަތު އެތައް ބަޔަކަށް ފަހިވެގެންދާނެ ކަމެއްކަން މިނިސްޓަރު ޔުމްނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ގިނަ އަދަދެއްގެ ހުނަރުވެރި ފަންނުވެރިން ތިބިކަން ފާހަގަކުރައްވާ މިނިސްޓަރު ޔުމްނާ ވަނީ، ހާއްސަކޮށް ވިރުއަލް އާޓްސް އާއި ޕާފޯމިން އާޓްސްގެ ދާއިރާއިން ހުނަރު ކުރިއެރުވުމަށް ފުރުސަތުތައް ހޯދައިދެއްވުމަށް ފޯރަމްގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.