ޕާކިސްތާނުގެ ވަޒީރަކު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއް ލައިވް ކުރަމުންދަނިކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބޭނުންކުރާ "ކެޓް ފިލްޓާ" ބޭނުންކުރެވުނީ އޮޅިގެން ކަމަށާ، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާނެކަމަށް އެގައުމުން ބުނެފިއެވެ.

ޝައުކަތު ޔޫސުފްޒާއީ ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ކެޓް ފިލްޓާ" ބޭނުންކުރެވުނު ވީޑިއޯ ވަނީ، ޕާކިސްތާނުގެ ވެރިކަން ކުރާ ޕާކިސްތާން ތަހްރީކީ އިންސާފު (ޕީޓީއައި) ޕާޓީގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ލައިވްކޮށްފައެވެ.

އެޕޭޖުން މިހާރުވަނީ މި ވީޑިއޯ ޑިލީޓްކޮށްފައެވެ. ނަމަވެސް، އެ މަންޒަރުތައް އަދިވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ގިނަ ބަޔަކު އަދިވެސް ދަނީ މިކަމަށް ހަޖޫޖަހަމުންނެވެ.