މީގެ 8 ދުވަސް ކުރިން ގެއްލުނު އިންޑިއާ ވައިގެ އަސްކަރިއްޔާގެ އޭއެން-32 މަތިންދާ ބޯޓު ހޯދާ، އެ ބޯޓު ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މި ބޯޓު ވެއްޓިފައި ވަނިކޮށް ފެނިފައި ވަނީ އަނޫރާޗަލް ޕްރަދޭޝްގެ ފަރުބަދަމަތީ ޖަންގައްޔެއްގެ ތެރެއިންނެވެ.

ވައިގެ އަސްކަރިއްޔާގެ އުޅަނދުތަކާ ހެލިކޮޕްޓަރުތަކުގެ އެހީގައި މީހުން ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރާޑަރުތަކަށް ބޯޓު ގެއްލުނުއިރު އޭގައި 13 މީހުން ތިބި ކަމަށާ، މިހާރު ކުރިއަށް ދަނީ އެއްވެސް މީހަކު ދިރިހުއްޓާ ފެނޭތޯ ބެލުމުގެ މަސައްކަތް ކަމަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އަސްކަރީ ކާގޯ އުފުލާ ބޯޓު ވެއްޓުނު ހާދިސާ، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް އައީ، ބޯޓު ގެއްލުނު ވަގުތު، އެއާ ޓްރެފިކް ކޮންޓްރޯލަރަކަށް އިނީ ބޯޓު ދުއްވަން އިން ޕައިލެޓްގެ އަންހެނުން ކަމަށް ބުނި ޚަބަރާ އެކުގައެވެ.